top of page

އަހަރުމެންނަކީ

އާންމުންގެ ޖަމްއިއްޔާ އުފެދިގެން އައީ ކޮފީ މޭރުމަތިންނެވެ. ރާއްޖޭގައި ހުރި އިޖްތިމާއީ އަދި އިގްތިސޯދީ މައްސަލަތަކާ މެދު ވާހަކަ ދައްކާ ސައްލާ ކުރަމުން ދިޔަ ޒުވާނުން ތަކެއްގެ ތެރެއިންނެވެ. ތަފާތު ވިސްނުމާއި ފިކުރުގެ ބައެއް ކަމުގައި ވިޔަސް އެންމެނަށްވެސް އެއްބަސް ވެވުނު އެއް ކަމަކީ ރާއްޖޭގައި ހުރި އިޖްތިމާއީ އަދި އިގްތިސާދީ މައިގަނޑު ހުރިހާ މައްސަލަތަކެއއްގެ އަސްލު ފެށެނީ ބޯހިޔާވަހިކަމާއި ކުލީގެ އަޅުވެތިކަމުގެ މައްސަލަތަކުން ކަމެވެ. ވީމާ ޖަމައިއްޔާއެއްގެ ސިފައިގައި އަޅުގަނޑުމެން އުފެދިގެން އައިއިރުވެސް އެންމެ އިސްކަމެއް ދެވުނު އެއް ކަމަކީ ބޯހިޔާވަހިކަމާއި ގުޅުން ހުތި ކަންތައްތަކެވެ. އާންމުންގެ ޖަމްއިއްޔާ އަކީ އާންމުންނާއި ގުޅުން ހުރި ކަންކަމުގައި އާންމުންގެ ފަރާތުން ވަކާލާތުކޮށް ލޮބީ ކުރުމަށް އުފެދުނު ޖަމްއިއްޔާ އެކެވެ. ޖަމްއިއްޔާގެ މަގްސަދަކަށް ވީ އާންމުންނާއި ގުޅުން ހުރި ކަންކަމުގައިއަޑު އުފުލައި، ވަކާލާތުކޮށް ލޮބީ ކުރުމެވެ. މި ޖަމްއިއްޔާގެ މަގްސަތުތައް ގުޅެނީ މައިގަނޑު 3 ކަމަކާއެވެ. އެއީ ބޯހިޔާވަހިކަމާއި ގުޅުން ހުރި ކަންކަން، ގައުމިއްޔަތާއި ގުޅުން ހުރި ކަންކަން އަދި ޒުވާނުންނާއި ގުޅުން ހުރި ކަންކަމެވެ.

2023-06-03 16.25.23.jpg

އަހަރުމެންގެ ވާހަކަ

ޖަމްއިއްޔާގެ ބޯޑަކީ ނޫސްވެރިންނާއި އެހެނިހެން ޖަމްއިއްޔާ ޖަމާއަތްތައް ހިންގާ އެކަމުގެ ތަޖުރިބާ ތިބި ޒުވާން ޓީމެކެވެ. ޖަމްއިއްޔާގެ ރައީސް މިދުއަމް ސައުދު ( މިދޫ ) އަކީ 17 އަހަރުން ފެށިގެން ޖަމްއިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. 2010 އަކުން ފެށިގެން އެކިއެކި ގޮތްގޮތުން ބޯހިޔާ ވަހިކަމުގެ ދާއިރާއާއި ގުޅުންހުރި ކަންކަމުގައި ޝާމިލްވެ އިޖްތިމާއީ ބޯހިޔާ ވަހިކަމުގެ ހައްގަށް ވަކާލާތު ކުރާ މީހެކެވެ. މިދޫ މަތީ ތައުލީމް ހާސިލް ކުރީ ޗައިނާ އިންނެވެ. ޖަމްއިއްޔާގެ ނައިބު ރައީސް އާދަމް ނަވާޒް ( ނަވާ ) އަކީ ދިވެހި ރާއްޖޭގެ އެންމެ ބޮޑު އެއް ނޫސް ކަމަށް ވާ ‘ވަގުތު ނޫހުގެ’ ސީއީއޯ އެވެ. ނަވާއަކީ ގަނޫނީ ދާއިރާއިން ކިޔަވާވިދާޅު ހުންނެވި ބޭފުޅެކެވެ. އެޑްވައިސަރީ ބޯޑު މެންބަރު މާހަތު ހުސެއިން ރަޝީދު ( މާތު) އަކީ ސަންގު ޓީވީ ޕްރެޒެންޓަރެކެވެ. މާތު އަކީ ނޫސްވެރިކަމުގެ ދާއިރާގެ ތަޖުރިބާ ހުންނެވި ސިޔާސީ ދާއިރާގެ އެނެމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހާސިލް ކޮށްފައި ހުރި ހުނަރުވެރި ޒުވާނެކެވެ. އެޑްވައިސަރީ ބޯޑުގެ ޑރ. އައިޝަތު ރީމާ އިބްރާހިމް (ރީމް ) އަކީ މެޑިކަލް ޑޮކްޓަރެކެވެ. މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަވާ ޑރ.ރީމާ އަަކީ އިންޑިއާ އަދި ޗައިނާއިން ކިޔވާ ވިދާލުވި ހިންދީ، މަލަޔާލަމް، އިނގިރޭސި އަދި ޗައިނާ ބަހުން ލިޔަންކިޔަން ދަންނަ ފަރާތެކެވެ. އެޑްވައިސަރީ ބޯޑުގެ އަހްމަދު އިބްރާހިމް ދީދީ ( ޑީޑީ ) އަކީ ވިޔަފާރި ދާއިރާގައި އުޅުއްވަވާ އެކަމުގެ ދިރާސާ ކުރައްވަވާ ބޭފުޅެކެވެ. މިވަގުތު މަސައްކަތް ކުރައްވަވަނީ އިންޓަރނޭޝަނަލް ބެވަރޭޖަސް ކޮމްޕެނީ ގައެވެ. ޑީޑިގެ އެންމެ އަކީ ވަރަށް ގިނަ ރަށްރަށުގައި އާންމުން ކުރާ ކުދިކުދި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރާނެ ގޮތުގެ ލަފާ އަރުވާ ފަރާތެކެވެ. އެޑްވައިސަރީ ބޯޑުގެ އަހްމަދު މުހައްމަދު ( ޕޮކަންޑި ) އަކީ ދިޔަރެސް ނޫހުގެ އެއް ފައުންޑާރ މެންބަރެވެ. އަހްމަދަކީ ހުޅުމާލެ ކޯޓުގައި 10 އަހަރު މަސައްކަތް ކުރެއްވެވި، ހުޅުމާލެ ގޯތިތަކާއި، ބަންޑަރަ އަދި ވިޔަފާރި ބިންތަކާއި، އެއާއި ގުޅޭ މައްސަލަތަކާއި ގާނުނޫތަކަށް ފަރިތަ ގާނޫނީ ދާއިރާއިން ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެކެވެ. ބޯޑު މެންބަރު ޝަފްރާޒް ( ޒެފް ) އަކީ ވޮއިސް ނޫހުގެ އެެއް ފައުންޑާރ މެންބަރެވެ. އަދި ސީއީއޯ އެވެ. މީގެ އިތުރުން ޒެފް އަކީ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެކިއެކު ޖަމްއިއްޔާ ތަކުގައި، އެފަރާތްތަކުގެ ހައްގު ހޯދުމާއި އެފަރާތްތަކަށް ހާއްސަ ސިޔާސަތުތައް ގާއިމު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ މަދަދު ވެރިއެކެވެ. ބޯޑު މެންބަރު އިސްމާއިލް މީރާން ( ދާނު ) އަކީ ހިޔާ އެޗް4 އަކަށް ނިސްބަވާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ހަރަކާތަތައް ރާވާ ހިނގުމުގެ ވަރަށް ތަޖުރިބާ ހުރި، ހިޔާ ސަރަހައްދުގައި ވެސް މިހާތަނަށް ހިންގުނު މައިގަނޑު ހުރިހާ ހަރަކާތަކާއި އިވެންޓުތަކެއް ހިންގުމުގައި ބައިވެރިވެ ވަޑައިގަތް ހިންގުންތެރި ހުނަރުވެރިއެވެ. ބޯޑު މެންބަރު އަހްމަދު ފާރިހް (ފާރީ ) އަކީ މެދުއިރުމަތިން އިސްލާމީ އުސޫލުތަކާއި ތާރީހާއި ގުޅޭ ދާއިރާއިން ކިޔަވާވިދާޅުވެ ހުންނެވި އަރަބި ބަހުން ލިޔަން ކިޔަން ދަންނަ ބޭފުޅެކެވެ. މީގެ އިތުރުން ފާރިހް އަކީ ޖޭސީއައި މޯލްޑިވްސްގެ ރައީސްވެސް މެއެވެ. އެޑްވައިސަރީ ބޯޑު މެންބަރު މައުމޫން އަލީ ( މާނު ) އަކީ ހިޔާ އެޗް 4 ގައި ދިރިއުޅުއްވަވާ ފަރާތެކެވެ. މާނު އަކީ ފައިނޭންސް ދާއިރާގައި 15 އަހަރުގެ މަސައްކަތު ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މާނު އަކީ މިހާރުވެސް ހިޔާ ސަރަހައްދުގައި ވަރަށް ގިނަގުނަ ކަންކަމުގައި ހަރަކާތްތެރިވާ ހިޔާ ފްލެޓްވެރިން ތެރޭގައި ފަރިތަ ނަމެކެވެ. މި ޓީމަކީ އެކުއެކީ ނޫސްވެރިކަމުގެ ދާއިރާ، ގާނޫނީ ދާއިރާ، ސިއްހީ ދާއިރާ، ވިޔަފާރި ދާއިރާ، ދީން އަދި އިޖްތިމާއި ދާއިރާގެ ތަޖުރިބާ ހުރި ޓީމެކެވެ. މީގެ އިތުރުން ޓީމުގެ އެންމެން އެއްްކޮށްލުމުން އަރަބި، ޗައިނާ، ހިންދީ، މަލަޔާލަމް، އިނގިރޭސި، ރަޝިޔާ އަދި ދިވެހިބަހުން ލިޔަން ކިޔަން އެނގޭ ޓީމެކެވެ. އާަންމުންގެ ޖަމިއްޔާ ކުރިއަށް ދާނީ މި އެންމެންގެ އިލްމާއި ތަޖުރިބާގެ އަލީގައި ދޭ އިރުޝާދުންނެވެ. މިގޮތުން 2018 އިން ފެށިގެން މިއަދާއި ހަމަޔަށް އެންމެ އިސްކަމެއް ދެވިގެން މަސައްކަތް ކުރެވިފައި ހުންނާނީ ހިޔާ 7،000 ފްލެޓު، ހިޔާ 2500 އަދި ހިޔާ 1 ކޮޓަރި ތަންތަނާއި ގުޅޭ ކަންކަމުގައެވެ. ( ނޯޓު: ހިޔާ ފްލެޓުވެރިންނާއި ވަރަށް ގާތުން މަސައްކަތް ކުރިނަމަވެސް، މަސްލަހަތު ފުށުއެރުމެއް އައިސްދާނެ ކަމަށް ބަލާފައި އަދި އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މި ޖަމްއިއްޔާގެ ބޯޑުގެ އެއްވެސް މަގާމަކަށް ހިޔާ ފްލެޓް ލިބުނު ފަރާތަކަށް ކުރިމަތި ނުލެވޭ ގޮތަށް ބޯޑުން އޮތީ ކުރިން ފާސް ކޮށްފައެވެ. 2018-2023 އާއި ހަމަޔަށް ޖަމްއިއްޔާގެ އެއްވެސް މަގާމެއްގައި ސަރުކާރުގެ އެއްވެސް މަޝްރޫއަކުން ފްލެޓު ލިބުނު ފަރާތެއް ނުހުންނާނެއެވެ. މި އުސޫލަށް ބަދަލު ގެނެސް ހިޔާ ފްލެޓު ލިބުނު 2 ފަރާތަކަށް ޖަމްއިއްޔާގެ ބޯޑަށް ވަދެވޭގޮތަށް އިސްލާހު ގެނައީ 2023 ވަނަ އަހަރު އޭޕްރީލް މަހުގައެވެ. މި ބަދަލު ގެނައީ ޖަމްއިއްޔާ އަކީ މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ތަކާއި ގުޅޭ ކަންކަމުގައި ޝާމިލްވެގެން އުޅޭ ބަޔަކަށް ވާހިދު، ހިޔާ މަޝްރޫއަކީ ނިސްބަތުން ބޮޑު މަޝްރޫއަކަށް ވާތީވެ އެ މަޝްރޫއަށް އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ބަޔަކު ބޯޑުގައި ބޭތިއްބުމަށެވެ.

2023-06-03 16.25.33.jpg

ޖަމްއިއްޔާ ބޯޑު

މަދަދުވެރިން

347779843_222078393870798_1655099891562790591_n.jpeg
327176087_913716189661864_3972215081020506897_n.jpeg
327181947_869600200928195_9209528541535809779_n.jpeg
319338525_591241066342670_5952106219562659541_n.jpeg
339339686_1176051559722443_5823729769623824214_n.jpeg
2023-06-11 04.59.10.jpg
326269944_866245404653343_3685640953061260630_n.jpeg
301803233_456595553179139_8438760770990928646_n.jpeg

@CommonersFriendshipAssociation

bottom of page