މާލޭގައި ހަދަން އުޅޭ ފެން ހިންދާ ނިޒާމުގެ މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަނީ
- މިދުއަމް ސައުދު
- Jun 1, 2023
- 1 min read

ފެން ހިންދާ ނިޒާމުގެ މަޝްރޫއަށް 3-4 މަހަށް މަގު ބަންދު ކުރެވޭނެ
އާންމުން ހިނގާބިނގާވެ އުޅެން ދަތިވާން
ސާރވޭގެ ބޭނުމަކީ އާންމުންނަށް ވާނެ އުދަގޫތަކާއި އެކަމާ މެދު ދެކޭގޮތް ބެލުން
1 ޖޫން 2023
މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެން ހިންދުމުގެ ނިޒާމެއް ހެދުމަށް ކުރިއަށްގެންދާ ސަރވޭގައި އާއްމުންގެ ހިޔާލު ދެއްވުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެދިއްޖެއެވެ.
މި ސާރވޭ އަކީ މި މަޝްރޫއުގެ ސަބަބުންތިމާވެއްޓަށާއި މުޖުތަމައަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލްރިސޯސް ގްރޫޕް (ލަމަޔަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިމަޝްރޫޢުއަކީ ވިއްސާރަވުމުގެ ސަބަބުން މާލޭގެ ބައެއްސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރުއެޅިފައިވާ ފެންހިންދުމުގެ ނިޒާމަށް ބައެއް އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫޢުއެކެވެ.

މިގޮތުން މިމަޝްރޫޢު ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވަނީ މިސަރަހައްދުތަކުގައި ހެދޭ ފެން މޫދަށް ބޭރުކުރުމަށް ހޮޅިތަކެއް އަޅައިގެންނެވެ.
މިގޮތުން މިމަޝްރޫޢުގެ ދަށުން އަޅާ ހޮޅި ތަކަކީ މިހާރު މާލޭ މަގުހެދުމުގެ ޕްރޮޖެކްޓްގައި ބޭނުންކުރެވޭ ހޮޅިއަށްވުރެފަލަ ހޮޅިތަކެކެވެ. މިގޮތަށް އެޅޭ ހޮޅިތަށް އެޅުމަށް ހުށަހެޅިފައިވާ ސަރަހައްދު ތަކުގެ ތަސްވީރުތައް އއ ސާރވޭ ފޯމުގައި ވެއެވެ.

މި ކުރެހުންތަކުގައި ދައްކާފައިވާ ރޮނގުތައްއަޅާފައިވާ ސަރަޙައްދުތަކުގައި 3-4 މަސްދުވަހުގެ މުއްދަތަކަށް މަގު ކޮނެގެން މަސައްކަތްކުރިއަށް ދާނެއެވެ.
އެ މިމުއްދަތުގެ ތެރޭގައި މި މިސަރަޙައްދުތަކުން ދަތުރުކުރާފަރާތްތަކަށާއި، ހިނގާބިނގާ އުޅެ ފަރާތްތަކަށާއި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކެއްކުރިމަތިވާނެކަން މިނިސްޓްރީން ވަނީ ފާހަނގަ ކޮށްފައެވެ.
މިއީ ސާރވޭ ޖޫން މަހުގެ 10 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެެއެވެ.