top of page

އަރބަންކޯ ފޯ ބިޒްނަސް - ވިޔަފާރިވެރިންނަށް ހާއްސަ އޯޕަންޑޭ އެއް.

  • Writer: މައުމޫނު އަލީ
    މައުމޫނު އަލީ
  • Jun 19, 2023
  • 1 min read



އަރބަންކޯއިން ވިޔަފާރިވެރިންނަށް ހާއްސަ "އޯޕަންޑޭއެއް އަރބަންކޯ ފޯ ބިޒްނަސް"ގެ ނަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އޯޕަންޑޭގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ކޯޕަރޭޝަންގެ ފަރާތުން ވިޔަފާރިތަކަށް ހުރި ފުރުސަތުތައް ދައްކާލުމާއި، އިންވެސްޓަރުން ނުވަތަ ވިޔަފާރިވެރިންނަށް ފަސޭހަކަމާއި އެކު މި ފުރުސަތުތަކަށް ކުރިމަތިލިމުގެ މަގު ފަހި ކޮށްދިނުމެވެ.


މިގޮތުން، މިފަހަރުގެ އޯޕަންޑޭގައި ހުޅުމާލޭގައި އޮފީސް އިމާރާތް ޤާއިމު ކުރުމަށް ހުރި ފުރުސަތުތަކާއި ތިލަފުށި ފޭސް 2 އިން ބިން ގަތުމަށް ހުރި ފުރުސަތުތަކަށް ހާއްސަކަމެއް ދެވިގެން ދާނެއެވެ.


މީގެ އިތުރުންވެސް، މި ކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޓީމުން، ވިޔަފާރިވެރިންނަށް ހުރި ފުރުސަތުތައް ކިޔާދިނުމާއި، ޕޯޓަލް ބޭނުން ކޮށްގެން މި ޕްރޮޖެކްޓްތަކާއި، ބިން ގަތުމަށް ބޭނުންވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެވިގެން ދާނެއެވެ. މި ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހޯދައިދީ، ވިހާވެސް ގާތުން މަސައްކަތް ކުރުމެވެ.


އަރބަންކޯ ފޯ ބިޒްނަސް ބޭއްވުމަށް ހަމަޖެހިފައި ވަނީ، ޖޫން މަހުގެ 20 ވަނަ ދުވަހު، އަރބަންކޯ އެގްޒިބިޝަން ސެންޓަރުގައި 10:00 – 20:00 އަށެވެ.

Related Posts

See All

@CommonersFriendshipAssociation

bottom of page