ކޮތަރުކޮށި އިސޫއަށް ޖަލުގައި އަނިޔާ ކުރި މައްސަލަ ބަލަނީ
- އަހްމަދު
- May 31, 2023
- 1 min read

31 މެއި 2023
ގެއްލިފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ދައުވާ ކުރަން ޖެހޭ ފަހު ތާރީހު ގާތްވުމުން، އެ މައްސަލަށް ބަލަން ވީ ރިޔާސީ ވައުދު ފުއްދުމުގެ ގޮތުން ކަމަަށް ފެންނަހެން، ހައްޔަރުކުރި މީހުން ތެރޭގައި ހިމެނޭ އެޗް.10 ގެ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) އަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަނިޔާ ކޮށްފައިވާ ކަމަށް ބުނެފިއެވެ.
އިސޫގެ ބޭބެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިއްޔެ އިސޫ އާއި މާފުށީ ޖަލުން ބައްދަލުވެ މައްސަލައިގެ ވާނުވާ އޮޅުންފިލުވާގައިވާ ކަމަށެވެ. އެ ޓުވީޓުގައި ވާގޮރުން އިސޫ ހުރި ގޮޅިން ފެންހުސްކުރި 1.5ލ ގެ ފުޅިތަކެއް ނެރެން ދެކޮޅު ހެދުމުން އީއެސްޖީ ޔުނިޓުގެ ހަތް އޮފިސަރަކު ގޮޅިތެރެއަށްވަދެ އިސޫއާށް އަނިޔާކުރި ކަމަށެވެ.
ބޫޓުން ތެޅީ އުނަގަނޑާއި ކުރިމަތީފަރާތުގައި. މޭ 26 ވީ ހުކުރު ދުވަހު ޝިފްޓު ކޮމާންޑަރު ސްޓާފް ސާރޖަންޓް ޒަރީރު އިސްވެހުރެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިސޫއަށް ވަރަށް އަނިޔާކޮއްފައި ވަނީ
ޓްވީޓްގައި ލިޔެފައި ވެއެވެ.
އިސޫ ބޭބެ އިތުރަށް ކިޔާދިން ގޮތުގައި މޭ 28 ވީ އާދީއްތަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގައިގެން އިންސްޕެކްޓާރ އޮފް ކަރެކްޝަނަލް ސާރވިސް ޖަލަށް ގޮސް އިސޫއާއި ބައްދަލުކޮށް ހާދިސާއާއިބެހޭ އަދި ޖުމްލަަކޮށް ކަރެކްޝަނުން އިސޫގެ ސިއްޙީ އަދި އެހެނިހެން ކަންކަމާއި ދޭތެރޭ ވެފައިވާ އިހުމާލުގެ މައުލޫމާތު ނަގާފައިވާ ވާހަކަ އިސޫ ކިޔާދިން ކަމަށެވެ.
އިސޫ އަށް އަނިޔާ ކޮށްފައިވާ ކަމަށް އާއިލާ އިން ބުނުމާއި ގުޅިގެން ކަރެކްޝަނަލް ސާވިސްއާއި ބައެއް ނޫސްތަކުން ސުވާލު ކުރުމުން އެއިދާރާގެ އޮފިޝަލަކު ވިދާޅުވިކަމަށް ވަނީ އިސޫ ބަންދުކޮށްފައި ހުރި ގޮޅިއަށް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަނީ ހުސް ފުޅީގައި އަލިފާން ރޯކޮށް ގޮޅި އާއި ދިމާ ކޮރިޑޯގައި ހުރި ކެމެރާ އާއި ދިމާއަށް އެފުޅިތައް އުކާތީ ގޮޅި ސާޗް ކުރަން ކަމަށެވެ. އަދި
އޭނާއަށް އަނިޔާއެއް ވެފައިވާ ކަމަކަށް ފާހަގަ ކުރެވިފައެއް ނުވޭ. ނަމަވެސް އިދާރާތަކުން އަންނަނީ ބަލަން ޖެހޭ ކަންކަން ބަލަމުން
ކަރެކްޝަން އޮފިޝަލް ވިދާޅުވިއެވެ.
އިސޫއަކީ ހިޔާފްލެޓު ވެރިންގެ ހައްގުގައި ފެށުނު ހަރާކާތްތަކުގައި ވަރަށް އިސްކޮށް އުޅުނު ފަރާތެކެވެ. އަދި ފްލެޓަށް ބަދަލުވުމަަށް ފަހު އެޗް.10 ގެ އެޑްމިންގެ ގޮތުގައި އެ ޓަވަރުގައި ގިނަގުނަ އިޖްތިމާއީ ހަރަކާތްތައް ހިންގަން އިސްނަގައި، ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމުގައި އެތައް ބަޔަކަށް އިސޫ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.