އިންޓަނެޓް ބޭންކިން އާއި ކާޑުތައް ވަގުތީ ގޮތުން ބްލޮކްކޮށްލެވޭ "ކިލް ސްވިޗު" ތައާރަފުކޮށްފި
- އަހްމަދު
- Jun 7, 2023
- 1 min read

7 ޖޫން 2023
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި އަޮންލައިން ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން "ކިލް ސްވިޗް" ތައާރަފުކޮށްފިއެވެ
މި ކިލް ސްވިޗަކީ ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. މި ފީޗާ ބޭނުންކޮށްގެން ކުއްލި ހާލަތްތަކުގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރުން އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭނެއެވެ.
ބީއެމްއެލުން މިއަދު ބުނީ
ކިލް ސްވިޗް ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިންގެ ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެ. އަދި މިއީ ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވްވާނެ ފަންކްޝަނެއް
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މި ފީޗާއަކީ ސްކޭމާ ދެކޮޅަށް ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ތައާރަފުކުރި ފީޗާއެއް ކަމަށެވެ.
މި ކިލް ސްވިޗް ބޭނުންކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ބޭންކަށް ގުޅައިގެން ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ގޮސްގެންނެވެ. ފްރީޒް ކުރާ ކާޑެއް ނުވަތަ އިންޓަނެޓް ބޭންކިން އެކްޓިވޭޓްކޮށްދޭނީ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ކާޑުތައް ފްރީޒްކޮށްލެވޭ ފީޗާއެއް މީގެ ކުރިންވެސް އިންޓަނެޓް ބޭންކިންގެ ތެރޭގައި ހިމަނާފައިވެއެވެ.
ބޭންކުން ބުނީ މިފާއިތުވި މަސްތަކުގައި ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ މަހު ބޭންކުން އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓަ އޮތަންޓިކޭޝަން (2 އެފްއޭ) ތައާރަފްކޮށްފައިވާ އިރު، އަލަށް ގެނެވުނު އަޕްޑޭޓާ އެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލޭޔާއެއް ވަނީ އިތުރުކޮށްފައެވެ.
އޭގެ އިތުރުން މާޗު މަހު، އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަ ގޮތް ހަމަޖައްސައި، ހުރިހާ ސްކޭން ޓު ޕޭ، މުއާމަލާތްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ވެސް ވަނީ އިތުރުކޮށްފައެވެ.