top of page

މުދަލުގެ އަގު މިއަހަރު ދަށަށް ދާނެ: އެމް.އެމް.އޭ

  • Writer: އަހްމަދު
    އަހްމަދު
  • Jun 5, 2023
  • 1 min read

5 ޖޫން 2023،


މުދަލުގެ އަގުތައް މިއަހަރު ދަށަށް ދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.


އެމްއެމްއޭއިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓާގެ އިގްތިސޯދީ އުސްއަލިތަކުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ހުރީ 3.9 ޕަސަންޓްގަ އެވެ.


އިންފްލޭޝަން މިއަހަރުގެ ދެވަނަ ކުއާޓާއިން ފެށިގެން ދަށަށް ދާން ފަށާނެ ކަމަށާއި ހަތަރު ވަނަ ކުއާޓަރުގައި އިންފްލޭޝަން ހުންނާނީ 3.3 ޕަސަންޓްގައި ކަމަށް މަރިކަޒީ ބޭންކުން ވަނީ ލަފާކޮށްފަ އެވެ.


އިންފްލޭޝަން މިއަހަރުގެ ފަހުކޮޅު ދަށަށް ދާނެ ކަމަށް ލަފާކުރި ނަމަވެސް ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުމުން މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަގުތައް އުފުލުނުކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.


އެގޮތުން ކާބޯތަކެތީގެ އަގުތައް 7.8 ޕަސަންޓް އަދި ދަތުރުފަތުރުގެ އަގުތައް 8.6 ޕަސަންޓް އުފުލުނު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

Related Posts

See All

@CommonersFriendshipAssociation

bottom of page