top of page

މޯލްޑިވްސް ލިވިންގ އެކްސްޕޯގެ މިފަހަރުގެ ޓައިޓަލް ސްޕޮންސަރ އަކަށް އަރބަންކޯ

  • Writer: މައުމޫނު އަލީ
    މައުމޫނު އަލީ
  • Jun 14, 2023
  • 1 min read



މޯލްޑިވްސް ލިވިންގ އެކްސްޕޯގެ 11 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރ ކަމަށް ހައިރައިސް އިންޓަނޭޝަނަލް އާއި، އަރބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިފަހަރުގެ ލިވިންގ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އޯގަސްޓް 10 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.


ހައިރައިޒް އިންޓަނޭޝަނަލް އިން 2013 ވަނަ އަހަރު ފެށި މޯލްޑިވްސް ލިވިން އެކްސްޕޯއަކީ ބޯހިޔާވަކިކަމާއި، ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭގޮތަށް ރާއްޖޭގައި ބާއްވަ މިފަދަ ހަމައެކަނި ހަރަކާތެވެ.


މިއަހަރުގެ ލިވިންގ އެކްސްޕޯގައި ވެސް ކުރީގެ އެކްސްޕޯތަކެކޭ އެއްފަދައިން ބޯހިޔާވަހިކަން ހޯދުމަށް ރާއްޖޭގައި ހުރި ހަރުދަނާ ފުރުސަތުތައް އާންމުނާ ހަމައަށް ގެނެސްދިނުމަށްޓަކައި އިންވެސްޓަރުންނާއި އެކު އިންޓަރެކްޓިވް ނެޓްވޯކިންގ ޕްލެޓްފޯމެއް ގާއިމްކުރެވޭނެއެވެ.


އޭގެ ތެރޭގައި ޕްރޮޕަޓީ ޑެވެލޮޕަރުންނާއި، އިންޓީރިއާ ޑިޒައިނިން އަދި ފަރނިޗަރ ވިޔަފާރިތަކާއި، ބޯހިޔާވަހިކަމަށް ފައިނޭންސް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތައް ވެސް ހިމެނޭނެއެވެ. މި އެކްސްޕޯގެ ތެރޭގައި ބޯހިޔާވަހިކަމާއި، ގެދޮރާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ލިބިގެންދާނެއެވެ.


އަރބަންކޯގެ ސްކޯޕް ބޮޑުކޮށް، އަރބަން ސިޓީ ޑެވެލޮޕްމަންޓަށް ފޯކަސް ކުރަމުން އަންނަ އިރު މި އެކްސްޕޯއަކީ އެކަމަށް އަލިމަގެއް ދައްކުވައިދޭ ފަދަ އެކްސްޕޯއެކެވެ. އެހެންކަމުން މި އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ އަށް ވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

 

 


@CommonersFriendshipAssociation

bottom of page