އަރބަންކޯ ފުޑް ކާރނިވަލް ވާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާރނިވަލަށް
- އަހްމަދު
- May 31, 2023
- 1 min read

ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް
ޓައިޓަލް ސްޕޮންސާރ އަކީ އަރބަންކޯ
އޮންނާނީ ސެންޓްރަލް ޕާކުގައި މި ޖޫން މަހުގެ 20 – 24 އަށް
30 މެއި 2023
ތިންކް ޖަމްެއިއްގޔާގެ ގުޅިގެން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހުގެ ތަފަަތު އެކި ރަހަތުގެ ކާ އެއްޗެކި ދެއްކުމާއި ރަހަ ދެއްކުމުގެ ކާނިވަލްއެވެ. މީ ގިނަ މީރު ކާނާތަކާއި އެކު އެއްބަޔަކު އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި މިގޮތަށް ތަޖުރިބާ ކޮށްލުމަށް ލިބޭނެ ފުަރަތަމަ ފަހަރެވެ.
މި އެއްބަސްވުމުގައި މިއަދު ވަނީ ތިންކް އެސޯސިއޭޓްސް އާއި އަރބަންކޯއިން ސޮއިކޮށްފައެވެ. އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފް އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދީލް އިސްމައިލް އެވެ.
ސޮއިކުރުމަށް ފަހު ކުރި ޓުވީޓުގައި އާރބަންކޯ އިން ބުނެފައި ވަނީ ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން، ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބޭއްވޭ ކާނިވަލެއް ކަމުގައެވެ.
އަދިހަމަ އެހެންމެ މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް އަޖުމަ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އާރބަންކޯ އިން ބުންޏެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް އެމީހުންގެ އުފެއްދުންތައް ދައްކާލާ މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެކަމަށެވެ.